މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ތިމާވެށްޓާ ރަށްޓެހި ދަނޑުވެރިކަން (އޯގަނިކް ފަރމިންގ) އާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެކަމަށް ބޭނުންވާ ތަމްރީން ކަރުދާހާއި ތަކެތި ތައްޔާރުކުރުން

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރު:  TF019383

ތިމާވެށްޓާ ރަށްޓެހި ދަނޑުވެރިކަން (އޯގަނިކް ފަރމިންގ) އާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެކަމަށް ބޭނުންވާ ތަމްރީން ކަރުދާހާއި ތަކެތި ތައްޔާރުކުރުން

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވައިލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި މިހާރު ދަނޑުވެރިކަންކުރާ ފަރާތްތަކަށާއި ދަނޑުވެރިކަމަށާއި އަތްތެރިކަމުގެ މަސައްކަތްތަކަށް (ހޭންޑިކްރާފްޓް) ޝައުޤުވެރިކަންހުރި ފަރާތްތަކަށް ޚާއްޞަކޮށްގެން، ތިމާވެށްޓާއި ރަށްޓެހި ދަނޑުވެރިކަން (އޯގަނިކް ފަރމިންގ) އާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެކަމަށް ބޭނުންވާ ތަމްރީން ކަރުދާހާއި ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ އައްޑޫ ސިޓީއާއި، ފުވައްމުލަކުގައި އާންމުން މިހާރުކުރަމުންދާ ބައެއް މަސައްކަތްތައް ތިމާވެށްޓާއި ރަށްޓެހި ގޮތަކަށް އަދި ރަނގަޅު މާލީ މަންފާއެއް ލިބޭނެ ފަދަ ގޮތަކަށް ކުރެވިދާނެކަން އަންގައިދީ އެކަމުގެ ތަމްރީނުތައް ދިނުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަމާއި ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) އޯގަނިކް ފާރމިންގ އަދި އަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާލިބިފައިވުން؛ 2) ތަރައްޤީވަމުން އަންނަ ޤައުމެއްގައި ކޮމިއުނިޓީގެ އެކި ގްރޫޕްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛ އަދި 3) ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިތުރު ފަރާތްތަކާއިއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑް ބޭންކް ގައިޑްލައިންސްގެ QCBS އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

26 ސެޕްޓެންބަރު 2016
ހޯދާ