މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޢިއުލާން

މަޤާމު

ޓަގު ޑްރައިވަރ

ބޭނުންވާ އަދަދު:

4

އަސާސީ މުސާރަ:

މަހަކު -/3664 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން މަހަކު -/4580 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

މަހަކު -/3000 ރުފިޔާއާއި -/4000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  • ކަނޑުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ E އަދި F އޮތުން (E: ކަފުގައި ޖަހައިގެން ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެ ދަށް، F: އަދި ކަފުގައި ޖަހައިގެން ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެ މަތި)
  • ޓަގު އޮޕަރޭޓް ކުރުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު ކަނޑުމަތީގައި އުޅެވޭ، ޞިއްޙަތު ސަލާމަތުންހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކަފުޖަހައިގެން ދުއްވާ އުޅަނދުތައް ދުއްވުން.
  • ކަނޑުމަތީގެ ގަވާއިދުތަކާ ޚިލާފުނުވެ އުޅަނދުފަހަރު ދުއްވުމާއި، މަސައްކަތުގައި އުޅޭއިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ދުއްވުން.
  • ބާޖް ހޭންޑްލް ކުރުމުގައި ބޯޓުފަހަރާއި ކީވޯލްތަކަށް ކައިރިކޮށް ދުރުކުރާއިރު ފަރުވާތެރިކަމާއެކު އުޅަނދަކަށް ގެއްލުން ނުވާ ގޮތަށް ކައިރިކޮށް ދުރުކުރުން.
  • ޓަގު މެއިންޓެއިންކޮށް ބެލެހެއްޓުން

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 އޮކްޓޫބަރު 2 ވާ އާދީއްތަދުވަހުގެ 15:30ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމު

ތައުލީމީ ސެޓުފިކެޓުތަކުގެ / ލައިސަންސްގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޛުލްޙިއްޖާ 1437

26 ސެޕްޓެންބަރު 2016
ހޯދާ