ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

ދިރިއުޅުމަށްޓަކައި ހަނިމާދޫން ބަންޑާރަގޯތި ދޫކުރާގޮތަށް ހަމަޖެހުމާ ގުޅިގެން ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ގޯތި ދޫކުރުމަށްޓަކައި ގޯތި ހޯދުމަށް އެދި ފުރިހަމަކުރާ ފޯމު ދޫކުރުމާއި ބަލައިގަތުން 2016 އޮކްޓޫބަރު 3 ވަނަ ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 13:00 އަށް އާންމުކޮށް ހުޅުވާލަމެވެ. ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ މި މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށެވެ.

ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު ފޯމުގައިވާ ހުރިހާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅަންވާނެއެވެ.

މިފަހަރު މިރަށުން ދޫކުރުމަށް އަދި ހަމަޖެހިފައިވަނީ 3000 (ތިންހާސް) އަކަފޫޓުގެ 50 (ފަންސާސް) ގޯއްޗެވެ. ނަމަވެސް، ގޯތި ދިނުމުގެ ޝަރުޠު ހަމަވާ މި އަދަދަށްވުރެ ގިނަމީހުން ހުށަހަޅާނަމަ ގޯތި އިތުރުކޮށް، މި ބުރުގައި ގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް

1- ދިވެހި ރައްޔިތެއް ކަމުގައިވުން.

2- ހަނިމާދޫގެ ރަށްވެއްސެއް ކަމުގައިވުން.

3- މީލާދީގޮތުން އުމުރުން 21 އަހަރު ފުރިހަމަވެފައިވާ މީހަކު ކަމުގައިވުން.

4- މީހަކާ އިނދެގެން ކައިވެންޏެއްގެ މަތީ ދެމިހުރި މީހަކު ކަމުގައިވުން.

5- މީހަކާ ނުއިނދެ ނުވަތަ ކައިވެނި ރޫޅިފައިވާ ނުވަތަ ހުވަފަތްވެފައިވާ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ދަރިން ބަލަމުންދާ މީހަކު ކަމުގައިވުން.

6- ގޯއްޗަށް އެދޭ މީހާ ނުވަތަ އަނބި/ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ނުވަތަ އެނޫންވެސް ގޮތަކުން މިފަދަ ތަނެއް ލިބިފައިނެތުން.

7- ގޯއްޗަށް އެދޭ މީހާގެ ނުވަތަ އަނބި/ ފިރިމީހާއަށް ތަރިކައިން ގޯތި ލިބެން ނެތުން، ތަރިކައިން ލިބެން އޮތްނަމަ، ޝަރީޢަތް މެދުވެރިކޮށް، އެފަދަ ގޯއްޗެއް އެހެން ވާރިސުންނަށް ނުވަތަ ސަރުކާރަށް ދޫކޮށްލާފައި އޮތުން.

8- ގޯއްޗަށް އެދޭ މީހާގެ ނުވަތަ އަނބި/ ފިރިމީހާއަށް ލިބިފައިވާ ބަންޑާރަ/ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއް ނުވަތަ ބިމެއް އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކައި ހެދިފަހުން މީލާދީގޮތުން 5 (ފަހެއް) އަހަރު ފުރިހަމަވެފައިވުން.

9- ގޯއްޗަށް އެދޭ މީހާ ނުވަތަ އަނބި/ ފިރިމީހާގެ ނަމުގައި ބަންޑާރަ/ އަމިއްލަ ގޯއްޗެއް އޮތް މީހެއް ކަމުގައިނުވުން.

10- ގޯއްޗަށް އެދޭ މީހާގެ ނުވަތަ އަނބި/ ފިރިމީހާއަށް ތަރިކައިން ނުއުފުލޭ މުދަލުން ބައެއް ލިބެން ނެތުން.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ފުރިހަމަނުވާނަމަ، އެފަދަ ފޯމެއް މި ކައުންސިލުން ބަލައިނުގަނެވޭނެކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016
ހޯދާ