އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެކްޓިވިޓީ ޔުނީފޯމު ފެހުމާބެހޭ:

މި މަރުކަޒުން ދައްކާ ނަމޫނާއާ އެއްގޮތަށް މި މަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު، 2017 އިން ފެށިގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ މުއްދަތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 13:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 13:00 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.                        

21 ސެޕްޓެންބަރު 2016
ހޯދާ