މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮޑިޓް އޮފިސަރ (އޮފިސަރ، SO1)

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން.

ޝަރުޠު:

އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

މަޤާމު:

ސީނިއަރ އޮފިސަރ، އޮބްޖެކްޝަން (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލީގަލް ސަރވިސް ޑިވިޜަން / އޮބްޖެކްޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އޮބްޖެކްޝަންތައް ބަލައި، އޮބްޖެކްޝަން ރިވިއު ރިޕޯޓް ތައްޔާރުކުރުމާއި ކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު:

އެކައުންޓިންގއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

އޮފިސަރ(ޓްރޭނީ)، އޮޑިޓް (އޮފިސަރ، AOT)

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު:

އޭލެވެލް 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

އެހެނިހެން ޢިނާޔަތްތައް

- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

- އޭ.ސީ.ސީ.އޭ މެމްބަރ ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން

- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގ ގައި ބައިވެރިކޮށްދިނުން.

ނޯޓު:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 09 ވަނަ ދުވަހުގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ