ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ގޮނޑި ހޯދުމާބެހޭ

އިޢުލާން

ސްޓާފްރޫމުގައި ބޭނުންކުރުމަށް ގޮނޑި ހޯދުމާބެހޭ

މި ސްކޫލުގެ ސްޓާފްރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު GS53/IUL/2016/21 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެވަޑައިގެންނެވީ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ސްޓާފްރޫމުގައި ބޭނުންކުރުމަށް 60 ގޮނޑި (ބެންކްއެޓް ޗެއަރސް) ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤަނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016
ހޯދާ