ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ކޭބަލްބުރިތަކެއް
  • ބައު ދަގަނޑުބުރި ތަކެއް
  • 01 ޓީވީ (SONY LCD)
  • 08 ގޮނޑި
  • 01 ކޮމްޕިއުޓަރ ޓޭބަލް
  • ބައު ސާމާނުތަކެއް

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/120,000 (އެއް ލައްކަ ވިހި ހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/2,000 (ދެހާސް) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށައަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7667967 ,7519868 ,7793503 ފޯނާ ގުޅުވުން  އެދެމެވެ.

20 ޛުލްޙިއްޖާ 1437

22 ސެޕްޓެންބަރު 2016
ހޯދާ