މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކ.މާފުއްޓަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދުން

އިޢުލާން

ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ކ.މާފުށްޓަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ސްޓޭމްޕް ވިއްކުން.
  5. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް:

- ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން.

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

- ވަކި ފަރުދުންނަށްވެސް ކުރިމަތި ލެވޭނެއެވެ.

އުޖޫރަ.

މަހަކު -/600 (ހަސަތޭކަ) ރުފިޔާ، އޭޖެންސީ އުޖޫރައަށް

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖޭހޭ ތަކެތި. 

  1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރިކުރުމުގެ ހުއްދައިގެ ކޮޕީއާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކްލަބް، ޖަމްޢިއްޔާ، ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީއާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަކި ފަރުދެއްނަމަ: ކުރާ މަސައްކަތާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާޓްމަންޓަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މި ކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ ފޯން ނަންބަރު 3009159 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

19 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016
ހޯދާ