ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއް ހޯދުމާ ގުޅޭ

އިޢުލާން

ގުދަނެއް ހޯދުމާ ގުޅޭ:

މި ކުންފުނީގެ ހެޑް އޮފީހުގެ ބޭނުމަށް 700 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2016/080 (29 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 5 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމަތަށްޓަކައި ދަންނަވާލީމެވެ.

21 ޛުލްޙިއްޖާ 1437

 

 

22 ސެޕްޓެންބަރު 2016
ހޯދާ