މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމްކުރުން

އިޢުލާން

ދިވެހިރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމުކުރުމާގުޅޭ

ދިވެހި ވިޔަފާރިތައް އިތުރުކޮށް، ހިންގުންތެރިކަން ހަރުދަނާކުރުމަށް އެހީތެރިވެދިނުމާއި ދިވެހި ވިޔަފާރިތަކަށް ISO ގެ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމްކުރުމަށް ބޭނުންވެއެވެ.

މިގޮތުން ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީއަށް ރާއްޖެއިން ބޭރުގެ ސެޓިފިކޭޝަން ބޮޑީއެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގައި ޤާއިމުކުރެވޭ ސެޓިފިކޭޝަން ބޮޑީގައި މަސައްކަތްކުރާނެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް މި މިނިސްޓްރީން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ސެޓިފިކޭޝަން ބޮޑީ އަމިއްލަ ޚަރަދުގައި ޤާއިމުކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. EOI ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ރާއްޖޭގައި ސެޓިފިކޭޝަން ބޮޑީއެއް ޤާއިމު ކުރުމުގެ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މިހެން ލިޔުމަށްފަހު 2016 އޮކްޓޫބަރު 17 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2016
ހޯދާ