މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދަން ބޭނުންވެއްޖެ

 ޑޯރއެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް


އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދައި ހަރުކޮށްދޭނެ ފަރާތެއް، ބޭނުންވެގެން 2016 އޮގަސްޓު 18 ވަނަ ދުވަހު ކުރެވުނު ނަންބަރު: (IUL)25-A2/1/2016/16 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައި ވަނީ ތިން ފަރާތަށްވުރެ މަދުންކަމުގައިވާތީ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2016 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3323400 ނަންބަރު ފޯނާއެވެ.  


 

22 ސެޕްޓެންބަރު 2016
ހޯދާ