މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ސޯޝަލް މީޑިއަރ އެނަލައިޒްކުރާ ސިސްޓަމެއް ގަތުމަށް

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ، ސޯޝަލް މީޑިއަރ އެނަލައިޒްކުރާ ސިސްޓަމެއް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ސިސްޓަމް ވިއްކަވަން އެދިވަޑައިގަންނަވާ ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހު 9:30 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ސެޕްޓެންބަރ 29 ވާ ބުރާސްފަތިދުވަހު 9:30 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ