މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ، ލައުންޖްސް

މަޤާމް :މެނޭޖަރ، ލައުންޖްސް
ބޭނުންވާ އަދަދު :1

އިޢުލާން

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އޮތް އެންމެ ޤާބިލު އަދި ތަޖުރިބާ ހުރި މި ކުންފުނީގައި ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެއްދުންތެރި ހީވާގި، ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ޕެސެންޖަރ އެންޑް ޓަރމިނަލް ސަރވިސަސް   

ޝަރުތު :   

  • ޑިޕްލޮމާ އިން ހޮޓެލް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ލިބިފައިވުން.
  • ކޮމްޕިއުޓަރ އިން މައިކްރޮސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.
  • މަޤާމާ ގުޅޭ ދާއިރާއަކުން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.  

އުމުރު: 45 - 30 އަހަރާއި ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ވީ.ވީ.އައި.ޕީ އަދި ވީ.އައި.ޕީ މެޚްމާނުންނަށް ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުން.

  • ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން.

ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު، ރަނގަޅު ފެންވަރުގައި ދިނުމަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

  • ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ނޯޓު: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކި ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ : ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

18 ސެޕްޓެންބަރު 2016
ހޯދާ