ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ކޯހަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

2017 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ޓީޗިންގ ކޯހަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ފޯމު ލިބެން ހުންނާނީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ އިދާރާއިން އަދި ވެބްސައިޓު (www.ium.edu.mv) އިންނެވެ.

މަތީގައި ދެންނެވުނު ކޯހަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

އެމް.ކިއު.އޭ ޤަބޫލުކުރާ

ލެވެލް

ފެކަލްޓީ / ސެންޓަރ ނަން

ކޯހުގެ ނަން

ޝަރުޠު

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެ ޖުމުލަ ފީ

ލެވެލް 8

ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ

ހ- އެމް.ކިއު.އޭ ޤަބޫލުކުރާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ،

ށ- ޢުމުރުން 21 އަހަރުވެފައިވުމާއެކު، ސާނަވީ (ޖީ.ސީ.އޯ ލެވަލްގެ 1 މާއްދާ ނުވަތަ އެސް.އެސް.ސީ ގެ 1 މާއްދާ) އިން ފާސްވެފައިވުމާއެކު، އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ހާސިލުކޮށް، ގުޅޭ ދާއިރާއެއްގައި 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަތީގައިވާ ޝަރުޠުގެ އިތުރުން ބެލެވޭނެ ކަންތައްތައް:

މި ކޯހަށް މީހުން ނެގުމުގައި އުގަންނައިދިނުމުގެ ދާއިރާގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް، ވަޒީފާގައި ހޭދަކުރާ މުއްދަތަށް ބަލައި އިސްކަންދެވޭނެއެވެ.

70

1 އަހަރު (2 ސެމިސްޓަރ)

-/9،550 ރުފިޔާ

ކޯހަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ، ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • ލިބިފައިވާ ސަނަދުތަކުގެ ޓްރާންސްކްރިޕްޓް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓުސައިޒުގެ 2 ފޮޓޯ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ވެރިފައިކުރުމަށްޓަކައި ކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 2 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022124 އަދި 3022125 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:00 އަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ އިދާރާއިންނެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ