މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހުޅުމާލޭ އިރުމަތީފަރާތު ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރު ނެގުމާބެހޭ

އިޢުލާން

ހުޅުމާލޭގެ ދެކުނު ނެރުން ފެށިގެން ސީ ޕްލޭން ޖައްސާ ސަޙަރައްދަށް ޚާއްޞަކުރެވިފައި އޮންނަ އިރުމަތީފަރާތު ފަޅުތެރޭގެ ސަރަޙައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރު 10 ޖުލައި 2016 ގެ ނިޔަލަށް ނެގުމަށް އަންގާފައިވީނަމަވެސް އަދިވެސް ބައެއް އުޅަނދުފަހަރު އެ ސަރަޙައްދުން ނަގާފައި ނުވާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، މަތީގައި ދަންނަވާފައިވާ ސަރަޙައްދުގައި އަޅާފައިވާ ހުރިހާ އުޅަނދުފަހަރު މިއަދުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ނެގުމަށް އަންގައި އިޢުލާންކުރީމެވެ. އަދި މި މުއްދަތުގެ ފަހުން އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރު ނުނަގައިފިނަމަ، މި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ވެރިފަރާތްތަކާ ދޭތެރޭ ފިޔަވަޅުއަޅާނެ ވާހަކަވެސް ދެންނެވީމެވެ.

18 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016
ހޯދާ