އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލިޔެކިޔުމާބެހޭ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ލިޔެކިޔުމާބެހޭ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި ކޮމިޝަނުގެ އިދާރާއަށް ލިޔެކިޔުމާބެހޭ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:A)AB-2016/116) އިޢުލާން ގެޒެޓް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން މި ތަކެތި ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ދެވިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މަޢުލޫމާތު ސާފުކުރުމާއި އަދި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު ތިރީގައިވާ ތާވަލާ އެއްގޮތަށް ބަދަލުކޮށް އިޢުލާން ކުރަމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

28 ސެޕްޓެންބަރު 2016

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

6 އޮކްޓޫބަރު 2016

ބުރާސްފަތި

14:00

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 ސެޕްޓެންބަރު 2016
ހޯދާ