މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީގެ މަރާމާތުގެ މަސައްކަތް

މިނިސްޓްރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް


އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ އިމާރާތުގައި، ތިރީގައި ތަފުސީލު ދެވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • މިނިސްޓްރީގެ ގޯތިތެރޭގައި ގަސްއިންދައި ޒީނަތްތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް
  • މިނިސްޓްރީގެ ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅިތަކާއި މިނިސްޓްރީގެ ގޯތިތެރޭގައި މޯޝަން ޑިޓެކްޓަރ ބޮކި ހަރުކޮށް ކަރަންޓްގެ މައްސަލަ ޙައްލުކުރުން.
  • މިނިސްޓްރީގެ ފާޚާނާތަކެއްގައި ކުރަންޖެހިފައިހުރި ހުރިހާ މަރާމާތުގެ މަސައްކަތް ކުރުން.
  • ޑީއީއާރު ބިލްޑިންގގެ ސިޑިގޮޅިތެރޭގައި ކުލަ ލުމާއި ޓެރަސްއިން ފެން ލީކުވުން ހައްލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3323400 ނަންބަރު ފޯނާއެވެ.   


22 ސެޕްޓެންބަރު 2016
ހޯދާ