ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

2016 ސެޕްޓެންބަރު 5 ގައި ކުރެވުނު ނަންބަރު (IUL) 457/HR/1/2016/17 އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. 

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ    

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1

ބޭނުންވާ އަދަދު:

ޑޭޓާ ޕްރޮސެސިންގ އެންޑް ޑޭޓާ މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު:

  1. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގެ މަސައްކަތްތައް ޑިވިޜަން ހެޑްގެ ލަފަޔާއެކު ކުރިއަށް ގެންދިއުން.
  2. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި، މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން.
  3. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން.
  4. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ލަފާޔާއި އިރުޝާދު މުވައްޒަފުންނަށް ދިނުން.
  5. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގައި މަސައްކަތްކުރަމުންގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  6. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
  7. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.
  8. ސެކްޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން. އަދި އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން.
  9. ސީނިއަރ ލެވެލްގައި މި ބިއުރޯގައި، އަދި ސަރުކާރުގެ އެހެން އޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި މި ބިއުރޯ ތަމްސީލުކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1

ބޭނުންވާ އަދަދު:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

ނުވަތަ

3. ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގެ ޝަރުޠު:

 

  1. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭކޮށް އަގުތައް ހޯދުން.
  2. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމާއި، އެ ސަރވޭއިން އެކުލަވާލެވޭ މަޢުލޫމާތު ގަވާއިދުން ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙޫކޮށް، އަދި މި ހިސާބުތައް ޢާންމުކުރުން.
  3. ސީ.ޕީ.އައި ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭގެ ތެރެއިން ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލަކު އަދި ގދ.ތިނަދޫގެ އަގުތައް ކަނޑައެޅިފައިވާ ވަގުތަށް ހޯދުން.
  4. މުޅިރާއްޖޭގެ ސީ.ޕީ.އައި އާއި އިންފްލޭޝަން ރޭޓާބެހޭ ދިވެހިލިޔުމާއި އިނގިރޭސިލިޔުން ތައްޔާރުކުރުކޮށް ޢާންމުކުރުން.
  5. ސީ.ޕީ.އައި ގެ އަގުތައް ޓެބްލެޓް ބޭނުންކޮށްގެން ނެގުމަށްޓަކައި ސެޓަޕް ތައްޔާރުކޮށް، މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލަކު އަދި ގދ.ތިނަދޫގެ މުވައްޒަފުންނަށް ޓްރޭނިންގ ދިނުމާއެކު، މިކަން ހިންގައި ރޭވުން.
  6. ސީ.ޕީ.އައި ގައި ހިމެނުމަށް އިތުރު ރަށެއް ނަގަންޖެހޭތޯ ބަލައި، ނަގާނެ ރަށްރަށް ފާހަގަކުރުން.
  7. ޕްރޮޑިއުސަރ ޕްރައިޒް އިންޑެކްސް ރިބޭސްކުރުމަށްޓަކައި އާ ތަންތަން ހޮވައި، ވެއިޓްސް ތައްޔާރުކުރުން. އަދި ރިބޭސްޑް ޕީ.ޕީ.އައި އަށް ބޭނުންވާ އެކްސެލް ސެޓަޕް ތައްޔާރުކުރުން.
  8. އިންޓަރނޭޝަނަލް ކޮންޕެރިޒަން ޕްރޮގްރާމް (އައި.ސީ.ޕީ) ގެ ދަށުން އަގުތައް ނެގުމަށްޓަކައި ފިހާރަތަކާއި އައިޓަމްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް، މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ޏ. ފުވައްމުލަކު އަދި ގދ.ތިނަދޫގެ ކެޓަލޮގް ތައްޔާރުކުރުން.
  9. އިންޓަރނޭޝަނަލް ކޮންޕެރިޒަން ޕްރޮގްރާމް (އައި.ސީ.ޕީ) ގެ ސަރވޭއިން އެކުލަވާލެވޭ މަޢުލޫމާތު ގަވާއިދުން ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް، އަދި މި ހިސާބުތައް ކަނޑައެޅިފައިވާ ދުވަހަށް އޭ.ޑީ.ބީ އަށް ފޮނުވުން.
  10. އައި.ސީ.ޕީ އަދި ސީ.ޕީ.އައި ނަގާ ހުރިހާ ރަށަކަށް އަގުތައް ޗެކްކުރުމަށާއި ޓްރޭނިންގ ދިނުމަށް ދިއުން.  
  11. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި އިމްތިޙާނު ކުރުން:

- ކޮމްޕިއުޓަރ ޕްރޮގްރާމިންގއަށް އަހުލުވެރިވެފައިވާ މިންވަރު  

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ)

- ދިވެހިބަހުން އިނގިރޭސިބަހުން ލިޔުން އިބާރާތްކުރުމުގެ ފެންވަރު

- އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން

- މާލެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހުން

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1- މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

2- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ).

   (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

8- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 12:00 އަށް.

ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު ވަގުފު ބިލްޑިންގ (ސޯޝަލް ސެންޓަރުގެ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި ބިއުރޯއިންނާއި މިބިއުރޯގެ ވެބްސައިޓު http://statisticsmaldives.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ހޯދުމަށް ގުޅާނީ 3008407 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

20 ސެޕްޓެންބަރު 2016
ހޯދާ