ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށްދިނުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

(ހ) ފެލިދެއަތޮޅު ފުލިދޫގެ ދެކުނުފަރާތު އިރުވާކޮޅު ތުނޑީ ސަރަޙައްދުން ފަތުރުވެރިކަމުގެ މަސައްކަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަޙައްދުގައި އޮތް 30,000 (ތިރީސްހާސް) އަކަފޫޓުގެ ބިމުގެ ތެރެއިން އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް 4,000 (ހަތަރުހާސް) އަކަފޫޓުގެ 3 ބިން ބީލަން އުސޫލުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 50 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ވ.ފުލިދޫ ކައުންސިލުން ކަނޑައަޅައިފީމެވެ.

(ށ) 4,000 އަކަފޫޓުގެ އެ 3 ބިމުގައި ނުވަތަ އެ 3 ބިމުން ބިމެއްގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސް ޢިމާރާތްކުރުމަށްފަހު، އެތަންތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާގޮތަށް، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

(ނ) ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރެވޭ ބިން ކުއްޔަށްދޭނީ ޓޫރިޒަމާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) އެ ބިމުގައި ޓޫރިސްޓް ގެސްޓުހައުސް ޢިމާރާތްކުރުމަށްފަހު، އެތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް، 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުން ފެށިގެން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 2:00 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހުގެ 2:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

ފެލިދެއަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާ

ސޯސަންމަގު

ވ. ފުލިދޫ (01-10)

ޓެލެފޯނު ނަންބަރު: 6700603

ފެކްސް ނަންބަރު: 6700603

އީމެއިލް އެޑްރެސް: [email protected]

(ބ) މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅަންވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފެލިދެއަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

(ޅ) އެ ބިމުގައި ޓޫރިސްޓް ގެސްޓްހައުސް ޢިމާރާތްކުރުމަށްފަހު އެތަން ހިންގައި ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް އާންމުކޮށް ވާނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/1000ރ (އެއްހާސް) ރުފިޔާއަށެވެ.

(ކ) ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

   1 - ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެ މަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއާއެކުއެވެ.

   2 - ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުންނަމަ، އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުންނަމަ، އެ ޕާޓްނަރޝިޕެއްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކުނަމަ، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

   3 - ބިޑް ޑޮކިއުމަންޓް ގަތުމަށް ދަންކަންޖެހޭ އަގަށްވާ -/1000 ރ (އެއްހާސް) ރުފިޔާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(އ) ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލުގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓުގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

(ވ) ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ، އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަޤުލުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ބިޑް ގަތުމަށް ހޭދަކުރާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

(މ) ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑް ހުށަހަޅަނީ، އެ ބިމުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް، އަދި އެތަންތަން ޢިމާރާތްކުރުމަށްފަހު، އެ ތަންތަން ހިންގައި ބެލެހެއްޓުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކި ބިޑެއް، އަދި ގެސްޓްހައުސް ހެދުމަށް ވަކިބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް ހުށަހެޅެނީ އެ ހުރިހާ ކަންތަކެއްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

(ފ) ބިޑު ހުށަހެޅުމަށް ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ 8:00 އިން ފެށިގެން 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 އާ ހަމައަށް ވ. ފުލިދޫ ކައުންސިލުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުން ބިޑާ ބެހޭ މަޢުލޫމާތު ކައުންސިލުގެ އިދާރާއިން ބިޑުފޮތް ގަނެފައިވާ ފަރާތްތަކަށް ލިޔުމުން ޖަވާބު ރައްދުކުރެވޭނެއެވެ.

(ދ) ބިޑް ހުށަހަޅަން ޖެހޭނީ، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 ގައި، ވ. ފުލިދޫ ކައުންސިލުގެ އިދާރާއަށެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

(ތ) ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބެއްގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 2:00 ގައި، ވ. ފުލިދޫ ކައުންސިލުގެ އިދާރާގައެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

(ލ) ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ބައްލަވައިގަތް އެންމެހާ ފަރާތްތަކަށް ކައުންސިލުގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ