ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
މި ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމާބެހޭ

އިޢުލާން

މި ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމާބެހޭ

މި ސެންޓަރުން ކުރި، ނަންބަރު: 153-CMS/2016/08 އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ސެންޓަރުގެ ތީރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ވޯކްޝޮޕް ހުންނަ ޢިމާރާތުގެ ފުރާޅަށް އެރުމަށްޓަކައި ދަގަނޑުން ހަރުގަނޑެއް ހަރުކުރުން

2- މި ސެންޓަރުގެ އަންހެން ފާޚާނާގެ މުށި ބަދަލުކުރުމުގެ މަސައްކަތްކުރުން

3- މި ސެންޓަރުގައި ހަރުކޮށްފައިވާ ފެން މޯޓަރު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

4- ޖީ.އެމް.ޑީ.އެސް.އެސް ރޫމުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލުކުރުމާއި، ސީލިންގއިން ފެން ލީކުވެފައިވާ ހިސާބުގައިވާ ސީލިންގ ފިލާ ބަދަލުކުރުން

5- ގޯތިތެރޭގައި ހުރި ކޮންޕައުންޑްގެ އޭރިޔާގެ ފުރާޅުގެ ދިޔަދޮވި ހަލާކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް

6- ސިމިއުލޭޓަރ ރޫމުގެ ދޮރުފޮތި ބަދަލުކުރުން.

7- މި ސެންޓަރުގެ ކޯސްތަކުގެ ޓްރެއިނިންގަށް ބޭނުންކުރާ ލައިފްބޯޓް އުފުލާ ތިރިކުރާ ވިންޗްގެ އިލެކްޓްރިކް މޯޓަރ ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލުކުރުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން މާލޭ ސިޓީގެ ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

25 ސެޕްޓެންބަރު 2016

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

29 ސެޕްޓެންބަރު 2016

11:00

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 3390681 ނުވަތަ 3396761 ނަންބަރު ފޯނަށް ގުޅުއްވުން  އެދެމެވެ.  

17 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ