މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތު ކުރުމާއިގުޅޭ

ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ޤާނޫނު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  1. ފާޚާނާބަރި މަރާމާތުކުރުން.
  2. ދިޔަދޮވިތައް މަރާމާތުކުރުން.
  3. ވަށައިފާރުގައި ކުލަލުން.
  4. ކުލާސްރޫމުތަކުގައި ތަޅާއި ފަންކާ ބަދަލުކުރުން.
  5. ފެންޕަންޕު ބަދަލުކުރުން.
  6. ލައުޑް ސްޕީކަރ ހަރުކޮށް ސްޓޭންޑް މަރާމާތުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން: 10 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

އަންދާސީހިސާބު ހުށަހެޅުން: 18 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައި

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޛުލްޙިއްޖާ 2016

 

19 ސެޕްޓެންބަރު 2016
ހޯދާ