ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ވަޒީފާގެ ފުރުޞަތު
ބޭނުންވާ އަދަދު :6

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ އެޑިޓަރ ގްރޭޑް 1

މުސާރައާއި އެލަވަންސް

މަހަކު -/11150 ރުފިޔާ

މަޤާމުގެ ރޭންކް

TP 3

ބޭނުންވާ އަދަދު

1

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭގޮތުން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 4 (ހަތަރު) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: އެޑިޓަރ

މުސާރައާއި އެލަވަންސް

މަހަކު -/10500 ރުފިޔާ

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

1

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ގޮތުން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު، ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު: ޑެޕިއުޓީ އެޑިޓަރ ގްރޭޑް 1

މުސާރައާއި އެލަވަންސް

މަހަކު -/9950 ރުފިޔާ

މަޤާމުގެ ރޭންކް

TP 5

ބޭނުންވާ އަދަދު

1

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: އެސިސްޓެންޓް ޖާރނަލިސްޓް ގްރޭޑް 1

މުސާރައާއި އެލަވަންސް

މަހަކު -/8900 ރުފިޔާ

މަޤާމުގެ ރޭންކް

TP 7

ބޭނުންވާ އަދަދު

1

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: އެސިސްޓެންޓް ޖާރނަލިސްޓް ގްރޭޑް 3

މުސާރައާއި އެލަވަންސް

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ އަދަދު

2

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިއުސް އެންޑް ކަރަންޓް އެފެއާޒް

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިއުސްކާސްޓަރގެ ޒިންމާއަކީ ޚަބަރު އުފެއްދުމާއި ޚަބަރާ ގުޅޭ ވީޑިއޯ، އޯޑިއޯ އަދި ފޮޓޯތައް ނެގުން ނުވަތަ ހޯދުން.
  • އިންޕްޓް އެޑިޓަރުން ނުވަތަ ޔުނިޓް ހެޑް ނުވަތަ ޑެސްކުހެޑް އަންގާ ގޮތެއްގެ މަތިން ޚަބަރާއި މަޢުލޫމާތު (ނިއުސް ގެދަރިންގ) ހޯދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • އޮންލައިން، ޕްރިންޓް، ނިއުމީޑިއާ ފަދަ ބްރޯޑްކާސްޓިންގގެ ހުރިހާ ވަސީލަތްތައް މެދުވެރިކޮށް، ކުންފުނީގެ ޚަބަރުތައް ފެތުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އެޑިޓޯރިއަލް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ހެދުމާއި، ޚަބަރުކިޔުން.
  • ކުރަން ޖެހިއްޖެ ހާލަތެއްގައި ޚަބަރު ހެދުމާއި، ކެމެރާ ކުރުމާއި، އެޑިޓް ކުރުމުގެ ޢަމަލީ މަސައްކަތާއި، ދިރާސާ ކުރުމާއި، އަދި އެހެނިހެން އިވެންޓްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 5 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1437

21 ސެޕްޓެންބަރު 2016
ހޯދާ