ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ކްލާސްރޫމް 5 ، 6 އަދި 7 ގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.
  • ރޫމް ނަންބަރު 8 ، 9 އަދި ސައިންސްލެބްގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން
  • 9 ކުލާސްރޫމުގެ ތަޅު ބަދަލުކުރުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 2 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ހާޒިރުވާއިރު، ބަދަލުގައި ހާޒިރުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

19 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ