މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

މި ކޯޓުއިމާރާތުގެ ބޭރައްވާގޮތަށް ބަހައްޓާފައިހުރި ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމްދޮރަށް ބަދަލުކޮށް އެދޮރޮތައް ބަހައްޓައި އަދި މުޅިއިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލައި، އެތެރޭގެ ދޮރާއި ދޮރުފަތްތަކުގައި ދަވާދުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 13:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަން ކަނޑައެޅިފައިވާ ދުވަހު މަސައްކަތާބެހޭ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެއެވެ. މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

1- 1 ބޮޑުދޮރު ދެފަޅި

2- 2 ކަނީގެ 10 ކުޑަދޮރު

3- 3 ކަނީގެ 3 ކުޑަދޮރު

4- ކޯޓުގެ އިމާރާތުގެ އެތެރެއާއި ބޭރުފާރުތަކުގައާއި ސީލިންގގައި ކުލަލުމާއި އަދި ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން. (ކޯޓުން ދައްކާ ކުލައެއް)

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ