ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް 8 ވަނަ އެނުއަލް އާޓް އެގްޒިބިޝަން އެންޑް ފޮޓޯގްރަފީ ވަރކްޝޮޕް

އިޢުލާން

"އިންޓަރނޭޝަނަލް 8 ވަނަ އެނުއަލް އާރޓް އެގްޒިބިޝަން އެންޑް ފޮޓޯގްރަފީ ވާރކްޝްޕް" ގައި ބައިވެރިވުމުގެ ފުރުޞަތު

ސަކްޝާމް ސްޕާރޝް އާރޓް ފައުންޑޭޝަން، (ޗަންދީގަރް) އިން އިންތިޒާމު ކުރައްވައިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 13 ން 18 އަށް އިންޑިޔާގެ ޗަންދީގަރްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް 8 ވަނަ އެނުއަލް އާރޓް އެގްޒިބިޝަން އެންޑް ފޮޓޯގްރަފީ ވާރކްޝްޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 7 ފޮޓޯގްރާފަރުންނަށެވެ. ބައިވެރިންގެ އެކޮމަޑޭޝަނާއި ލޯކަލް ޓްރާސްޕޯޓޭޝަން ހަމަޖައްސަވައި ދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް، ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

ވީމާ، މި ވާރކްޝްޕްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 30 ސެޕްޓެންބަރު 2016 މި ތާރީޚުގެ ކުރިން މި ސެންޓަރަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3832 334 ނަންބަރު ފޯނަށެވެ.

18 ޛުލްޙިއްޖާ 1437

20 ސެޕްޓެންބަރު 2016
ހޯދާ