ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ޓްރަކަށް ފަޔަރ ޕަމްޕް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކުންފުނީގެ ކައްދޫ އެއަރޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ޓްރަކަށް ފަޔަރ ޕަމްޕް ހޯދުމަށް މި ކުންފުނީގެ ނަންބަރު (IUL) KACL-HO/2016/07 (4 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެއެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ

އަމީރު އަޙުމަދު މަގު

މާލެ / ދިވެހިރާއްޖެ

ފޯން: 3011734

އީމެއިލް: [email protected]

18 ސެޕްޓެންބަރު 2016
ހޯދާ