ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހަޓް ބަލަހައްޓާ

މަޤާމް :ހަޓް ބަލަހައްޓާ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: ހަޓް ބަލަހައްޓާ

މަސައްކަތުގެ އުޖޫރަ

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

ލ.ފޮނަދޫ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު 2 ފަހަރު (ހެނދުނާއި ހަވީރު) ރީޓްރާންސްމީޓިންގހަޓުގައި ހުރި އިކްވިޕްމެންޓް ރަނގަޅުތޯ ބަލައި ޗެކްކުރަން ޖެހޭނެއެވެ. އަދި ޗެކްކުރުމަށްފަހު އެދުވަހުގެ ހެނދުނު 9:00 ގެ ކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީ.އެސް.އެމް. ގެ ޓްރާންސްމީޓިންގ ޔުނިޓަށް  އެސް.އެމް.އެސް މެދުވެރިކޮށް އަންގަން ޖެހޭނެއެވެ.
  2. ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގައި ފޯމު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ހަފުތާއަކު އެއްފަހަރު (ކޮންމެ ބުރާސްފަތިދުވަހަކު) މި ފޯމު، ފެކްސް، ވައިބަރ ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ.އެސް.އެމް. ގެ އިންޖިނިއަރިންގއަށް ފޮނުވަންޖެހޭނެއެވެ.
  3. ރަށުގެ ޖަނަރޭޓަރުން ކަރަންޓު ބަދަލުކުރާ ވަގުތުތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައިވޭތޯ ބަލައި ޗެކްކުރަން ޖެހޭނެއެވެ. އޮފްވެފައިވާނަމަ ޓްރާންސްމީޓަރ އޮންކުރުން، އަދި އިރުއިރުކޮޅުން ކަރަންޓުގެ މައްސަލަ ދިމާވެ، ކަރަންޓު ފޭލްވާނަމަ ޕީ.އެސް.އެމް. ގެ ޓްރާންސްމީޓިންގ ޔުނިޓަށް ލަސްނުކޮށް އަންގަންޖެހޭނެއެވެ.
  4. ހަޓާ ހަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފުތާއަކު އެއްފަހަރު ހުރިހާ އިކްވިޕްމަންޓެއް ފޮހެ ސާފުކުރަންޖެހޭނެއެވެ.
  5. ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރަންޖެހޭނެއެވެ.
  6. ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމް. ގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑައި ސާފުކުރަން ޖެހޭނެއެވެ. އަދި މަހަކު އެއްފަހަރު ޓަވަރުގެ ހާލަތު ބަލައި ޗެކްކުރުމަށްފަހު ޕީ.އެސް.އެމް. ގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯޓް ފޮނުވަން ޖެހޭނެއެވެ.
  7. ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުންދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް. ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރު ކަހައި ސާފުކޮށް އެތަންތަނުގައި ދަވާދުލައި ބަލަހައްޓަންވާނެއެވެ. މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމް. ގެ ޓްރާންސްމީޓިންގ ޔުނިޓުގައި މިކަމާ ހަވާލުވެ ތިބޭ ފަރާތްތަކާ ގުޅައިގެން ހޯދަންވާނެއެވެ.
  8. ކޮންޓްރެކްޓާ ހަވާލުވެފައިވާ ފަރާތުން ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ހަޓާ ހަވާލުވާނޭ ފަރާތެއް ހަމަޖެއްސުން އެއީ ކޮންޓްރެކްޓް ހަވާލުވެފައިހުރި ފަރާތުގެ އަމިއްލަ ކަމެކެވެ. 
  9. ޕީ.އެސް.އެމް. ގެ ރީޓްރާންސްމީޓިންގހަޓުގެ އެއްވެސް އިކްވިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމް. ގެ ޓްރާންސްމީޓިން ޔުނިޓުން މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އަންގަންޖެހޭނެއެވެ.
  10. ޕީ.އެސް.އެމް. ގެ ރީޓްރާންސްމީޓިންގހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވިއްޖެނަމަ އެންމެ އަވަސް ފުރުޞަތެއްގައި ޕީ.އެސް.އެމް. ގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަނާ ހަވާލުވެ ތިބޭ ފަރާތްތަކަށް އެވަގުތު އަންގަންޖެހޭނެއެވެ.
  11. ޕީ.އެސް.އެމް. ގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވައި ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި ޕީއެސް.އެމް. ގެ އިންޖިނިއަރިންގގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސިޓީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

ފެކްސް: 3317273، އީމެއިލް: [email protected]

16 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ