ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

މަޤާމް :ނެޓްވާރކް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: ނެޓްވާރކް އެޑްމިނިސްޓްރޭޓަރ

މުސާރަ  އާއި އެލަވަންސް:

މަހަކު -/10500 ރުފިޔާ

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

1

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން، ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު، ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުގެ ނެޓްވާރކްތައް ބެލެހެއްޓުން (ކޯޕަރޭޓް އަދި ބްރޯޑްކާސްޓް ނެޓްވާރކް)
  • އިންޓަރނެޓް ޕެރެޕެރެލްސްތައް އިންސްޓޯލްކުރުމާއި އެތަކެތި ކޮންފިގަރ ކުރުން.
  • ހުރިހާ ސާވަރތައް ބެލެހެއްޓުމާއި މެއިންޓެއިން ކުރުމާއި ސާވަރތަކުގެ ބެކަޕް ނެގުން.
  • އަލަށް ބަހައްޓަންޖެހޭ ސާވަރތައް ބެހެއްޓުމާއި އެ ކޮންފިގަރ ކުރުން.
  • ނެޓްވާރކް ފަޔަރވޯލްތައް ބެލެހެއްޓުމާއި އެތަކެތި ކޮންފިގަރ ކުރުން.
  • އޮފީސް މުވައްޒަފުންގެ ޔޫސަރ އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.
  • އީ-މެއިލް އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.
  • އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަ ގޮތެއްގައި އެ ސާމާނު ބޭނުން ކުރެވޭނެ ގޮތްތައް ހޯދާ، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން.
  • ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް، ބްރޯޑްކާސްޓިންގގެ ތެރެއަށް ތަޢާރަފު ކުރުމަށް ރިސާރޗް ކުރުމާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން.
  • އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތް، ކުންފުނީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަ ނިޒާމެއްގައި ދަށުން ވީ އެންމެ ފުޅާދާއިރާއެއްގައި ލިއްބައިދިނުމަށް މަސައްކަތްކުރަން.
  • މަސައްކަތްކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލް ކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ