ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އެގްޒެކްޓިވް ބިއުރޯ

ވަޒީފާގެ ފުރުޞަތު

މަޤާމު: މެނޭޖަރ – އެގްޒެކްޓިވް ބިއުރޯ

މުސާރަ  އާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ      

މަޤާމުގެ ރޭންކް

EX 4

ބޭނުންވާ ޢަދަދު   

01

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެގްޒެކްޓިވް ބިއުރޯ

މަޤާމުގެ ޝަރުޠު:

އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު މަޤާމާ ގުޅޭ ދާއިރާއިން 3(ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެގްޒެކެޓިވް ބިއުރޯގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުން އިންތިޒާމްކޮށް، ބެހެއްޓުން.
  2. ކުންފުނީގެ ޓޮޕްމެނޭޖްމަންޓް ކުންފުނީގެ ވެރިންނަށް އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދުތަކުގެ ލިޔުންތައް ނެރުމާއި ރައްދުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. މެނޭޖިންގ ޑިރެކްޓަރ އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، މަޢުލޫމާތުތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިދިނުން.
  4. މެނޭޖިންގ ޑިރެކްޓަރ ތަންފީޒުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކުގެ ކަންކަން ކުރިޔަށް ގެންދެވުމަށާއި ދިފާޢުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދނުން.
  5. ކުންފުނީގެ ޑިޕާޓްމަންތަކުގެ ވެރިންގެ ބައްދަލުވުންތަކާއި އެ ނޫންވެސް ޓޮޕް މެނޭޖްމަންޓް އިން ބާއްވަން ބޭނުންވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި ކަމާބެހޭ ރިކޯޑުތައް މޮނިޓަރ ކުރުން.
  6. ޓޮޕްމެނޭޖްމަންޓުގެ މީޓިންގތަކާއި އެޕޮއިންޓްމަންޓަކުގެ ތާރީޚުތަކާއި ގަޑިތަކާއި ތަންތަން ކަނޑައަޅައި، އެ މީޓިންގތައް އިންތިޒާމުކުރުމާއި އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓޭނެ އިންތިޒާމެއް ކަނޑައެޅުން.
  7. ޓޮޕް މެނޭޖްމަންޓް ބައިވެރިވާ އެކިކަހަލަ މީޓިންގތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން.
  8. ޓޮޕްމެނޭޖްމަންޓުން ޑިޕާޓްމަންޓްތަކާއި ވެރިންނާއި މުވައްޒަފުންނާ ޙަވާލުކުރާ ކަންކަން (ޓާސްކްތައް) ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް ހޯދައި މޮނިޓަރކޮށް އެ މަޢުލޫމާތު މެނޭޖިންގ ޑިރެކްޓަރަށް ހުށަހަޅަމުން ގެންދިއުން.
  9. ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގައި މެނޭޖިންގ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުން.
  10. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދޭ ލިޔުންތަކާއި މަޢުލޫމާތު، އެ ބޯޑަށް ފޮނުވުއްވުމުގައި ޓޮޕް މެނޭޖްމަންޓަށް އެހީތެރިވެދިނުމާއި އަދި ޑިރެކްޓަރުންގެ ބޯޑުން އެދިވަޑައިގެން މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑަށް ކޮށްދޭން ކަންކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސެމުގެ ކަންކަން ކޯޑިނޭޓްކުރުން.
  11. ކުންފުނިން ހުށަހެޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރު ގޮތެއް ނިންމަންޖެހޭ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ވަކި ޑައިރެކްޝަނެއް ދައްކަންޖެހޭ ލިޔުންތައް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމާއި މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތަކަށް އެކަމެއްގައި ޢަމަލުކުރުން؛
  12. ޑިރެޓަރުންގެ ބޯޑުން މެނޭޖްމަންޓަށް ފޮނުއްވާ ޑޮކިއުމެންޓްތަކާ ހަވާލުވުމާއި ބެލެހެއްޓުމާއި އެއަށް މެނޭޖިންގ ޑިރެކްޓަރ އަންގާގޮތަކަށް ޢަމަލުކުރުން.
  13. ކުންފުނީގެ އެންމެ އިސް ސިއްރުތައް ހިފެހެއްޓުމަށް މަތީ ފެންވަރެއްގައި މަސައްކަތްކުރުން؛
  14. މެނޭޖިންގ ޑިރެކްޓަރ އަންގާ، މެނޭޖިންގ ޑިރެކްޓަރ/ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ސެކްރެޓްރީންގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެން މަސައްކަތްތައް މޮނީޓަރ ކޮށް ބެހެލެއްޓުން.
  15. މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތް ކުރުން.
  16. މީގެ އިތުރުން ޑިޕާޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ  އޮފީހުގެ މަސައްކަތްތައްކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ