ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް މެނޭޖަރ ޕްރޮޖެކްޓްސް

މުސާރަ އާއި އެލަވަންސް

މަހަކު -/11300ރ

މަޤާމުގެ ރޭންކް

AS 1

ބޭނުންވާ އަދަދު

1

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުތު:

ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 02 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ 06 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 14 (ސާދަ) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްޝަން ހެޑާއެކު މަޝްވަރާކުރުމަށްފަހު ޕްރޮޖެކްޓްގެ ސްކޯޕް ކަނޑައެޅުން
  2. ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ޕްލޭނެއް އެކުލަވައިލުން
  3. މަސައްކަތަށް ބޭނުންވާނެ ވަގުތާއި، ޚަރަދު އަދި މަސައްކަތުގެ ތަފުސީލު ދެނެގަތުން
  4. މަސައްކަތަށް ކަނޑައެޅުނު ރިސޯސްތައް އެންމެ އެކެށޭނެ ގޮތަށް ބަހާލުމަށްފަހު މަސައްކަތުގެ ޝެޑިއުލް ތައްޔާރުކުރުން
  5. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން
  6. ޕްރޮޖެކްޓްގައި ހިނގަމުންދާ މަސައްކަތްތަކާއި ލިޔެކިއުންތައް ރިކޯޑުކޮށް ބެލެހެއްޓުން
  7. ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ޙައްލު ހޯދުން
  8. ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ގަވާއިދުތަކާ އެއްގޮތަށްކަން ބަލައި ޔަގީން ކުރުން
  9. ހުރިހާ ރިޕޯޓުތައް އަޕްޑޭޓްކޯށް ކަނޑައެޅިފައިވާ ޓައިމްލައިންގައި ބެލެހެއްޓުން
  10. ޕްރޮޖެކްޓުގައި ނިމެމުންދާ މަސައްކަތްތައް ގަޑިއަށް ނިންމުވުމާއި އެކަށޭނެ ފެންވަރުގައި މަސައްކަތް ނިންމާފައިވޭތޯ ބަލައި ޔަގީންކުރުން
  11. ޕްރޮޖެކްޓް ނިމުމުން ޕްރޮޖެކްޓްގެ ޕްލޭނާއި ރިޕޯޓުތަކާއި ޕްރޮޖެކްޓް ކުރިއަށް ދިޔަގޮތާއި ނިމުނުގޮތް އަޅައިކިޔާ ތަފުސީލުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން
  12. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވުމާއި، އެހިނދަކަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ