މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޤުރްއާން)

އިޢުލާން

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:             ރިލީފް ޓީޗަރ (ޤުރްއާން)

މަޤާމުގެ މުއްދަތު:      3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު:      1 (އެކެއް)

މަޤާމު އޮތް އޮފީސް:     މުކުރިމަގު ސްކޫލް، ލ.ގަން

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  މުކުރިމަގު ސްކޫލް، ލ.ގަން - މުކުރިމަގު

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސިލަބަހާ އެއްގޮތްވާގޮތުގެމަތިން ދަރިވަރުންނަށް ކިޔަވައިދިނުން.
  • ސްކޫލުގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، ''ސްކީލް އޮފް ވާރކް'' ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށްދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠާއި މުސާރަ ހަމަޖެހިފައިވާގޮތް:

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500 ރުފިޔާ

-/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/5500 ރުފިޔާ

-/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ޓާރމް ޗުއްޓީއާއި، ޢާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީ ފަދަ ޗުއްޓީތައް، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ).

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ކ- ވަޒީފާއަށް ކުރިމަތިލަނީ 18 އަހަރު ނުފުރޭ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރުމުގައި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަރވިއު:

ހ. މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ، ސުންގަޑި ހަމަވާ ތާރީޚުގެ 3 ދުވަސް ފަހުން ލ.ގަމު މުކުރިމަގު ސްކޫލުގައެވެ. ނުވަތަ މި ސްކޫލުން ކަނޑައަޅާ ތަނެއްގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިންނެވެ.

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016
ހޯދާ