ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޓީވީ ބިލްޑިންގގައި ކްރިއޭޓިވް ރޫމަކާއި އަދި މީޓިންގރޫމެެެއް ހަދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC-72-GA/2016/606

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ޓީވީ ބިލްޑިންގގައި ކްރިއޭޓިވް ރޫމަކާއި އަދި މީޓިންގރޫމެއް ހަދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާއި އަދި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތުކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

16 ޛުލްޙިއްޖާ 1437 

18 ސެޕްޓެންބަރު 2016
ހޯދާ