މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ފައިބަރ އޮޕްޓިކް ކޭބަލް ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް ޖެމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފައިބަރ އޮޕްޓިކް ކޭބަލް ގަތުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)22-PU/1/2016/173 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮލިފައިވެފައި ވަނީ 2 ފަރާތް ކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 14:00 އަށް

2016 އޮކްޓޫބަރު 03 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

19 ސެޕްޓެންބަރު 2016
ހޯދާ