އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސަސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ހިއުމަން ރިސޯސަސް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު: 281310

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް

އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ސީ އެސް ވިއުގަ މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މުވައްޒަފުންގެ އެޓެންޑެންސް ބެލެހެއްޓުމާއި، ވަޒީފާއަށް ކުރިމަތިލާަ ފަރާތްތަކުގެ އިންޓަރވިއު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ އިތުރުން ޝޯޓްލިސްޓު ނުވާ ފަރާތްތަކާއި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް އެންގުމަށް، ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް / މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ޕަރފޯމަންސް މެނޭޖްމަންޓް ދާއިރާއަކުން:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން

އެޗް.އާރު ސެކްޝަން/ އައްޑޫސިޓީ ކައުންސިލުގެ އިދާރާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަރވިއުއަށް ހާޒިރުވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

1- ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ. (އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް، ނުުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ) ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓްލިސްޓު ކުރުން:

ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު، 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު ޝޯޓްލިސްޓު ކުރެވޭނެއެވެ.

މިގޮތުން ޝޯޓްލިސްޓު ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު  2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން

ސުންގަޑި

2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލުގެ އިދާރާއަށް

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ.

5 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016
ހޯދާ