މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް އިމްޕޯޓްކުރާ ޑޮކްޓަރީ ބޭހޭގުޅޭ

އިޢުލާން

ރާއްޖެއަށް އިމްޕޯޓްކުރާ ޑޮކްޓަރީ ބޭސް ކްލިއަރކުރުމަށް ހުށަހަޅާ އިންވޮއިސްގައި ފުރިހަމަ މަޢުލޫމާތު ނެތުމުގެ ސަބަބުން، މި ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދެއެވެ.

އެހެންކަމުން މަސައްކަތް އަވަސް ކުރުމަށްޓަކައި ބޭސް ކްލިއަރ ކުރުމަށް އެދި ހުށަހަޅުއްވާ އިންވޮއިސްގައި ބޭހާބެހޭ ގަވާއިދުގެ 6.2 އަދި 6.8.4 ގައިވާ ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށް ދެންނެވީމެވެ.

1. ބޭހުގެ ޖެނެރިކް ނަމާއި ބްރޭންޑް ނަން

2. ބޭހުގެ ބާރު ހުރި މިންވަރު

3. ބޭހުގެ އަދަދު

4. ބޭސް އުފެއްދި ޤައުމާއި ކުންފުނި

5. ބޭސް އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު

6. ބެޗް ނަންބަރު/ ލޮޓް ނަންބަރު

7. ބޭހުގެ އަގު

މީގެ އިތުރުން 6.8.4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބޭހުގެ ލޭބަލްގައިވެސް، މަތީގައި ދެންނެވިފައިވާ މާއްދާގެ 1 އިން 6 ގައިވާ މަޢުލޫމާތު އޮންނަންވާނީ އިނގިރޭސި ބަހުން ނުވަތަ ދިވެހި ބަހުންނެވެ. އަދި އިންވޮއިސްގައިވާ މަޢުލޫމާތާއި، ބޭހުގެ ލޭބަލްގައިވާ މަޢުލޫމާތުވެސް އެއްގޮތް ވާންވާނެއެވެ.

މި އިޢުލާން ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން 60 ދުވަސް ފަހުން، މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން މި އޮތޯރިޓީއަށް، ބަލައިނުގަންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.

18 ސެޕްޓެންބަރު 2016
ހޯދާ