ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު:                އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:          1

މަޤާމުގެ ކްލެސިފިކޭޝަން:     އެސިސްޓެންޓް ޑިރެކްޓަރ  1

ރޭންކު:               އެމް.އެސް 3

މުސާރަ:              މަހަކު -/7035 ރުފިރާ

ސަރވިސް އެލަވަންސް:     މަހަކު -/2000 ރުފިޔާ

އިތުރުގަޑި:            އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަދާ ކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ  ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

* އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.

* މާލެ އަލަށް އަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި ވިސާއާއި ވާރކްޕަރމިޓްގެ ކަންތައްތައް ދުވަހުންދުވަހަށް ބަލަހައްޓައި ކުރިއަށް ގެންދެއްވުން.

* ޔައުމިއްޔާ ލިޔުމާއި ފައިލުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފުން އެކަންކުރާ ގޮތް ބެލުން.

* ތިޖޫރީއާއި ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން.

* މުވައްޒަފުންގެ ރަޖިސްޓަރީ ކަންތައްތައް ބެލެހެއްޓުން.

* މި ސެންޓަރުގެ ހުރިހާ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން.

* މުވައްޒަފުންގެ ހާޒިރީއާއި ޓީޗަރުންގެ ހާޒިރީ ބެލެހެއްޓުން.

* ޢިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައް  ބެލެހެއްޓުން.

* މުވައްޒަފުންނާ ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުން ކުރޭތޯ ބެލުން.

* މަސައްކަތު މީހުންގެ މަސައްކަތްތައް، އެމީހުން ކުރަމުން ދާގޮތް ގަވާއިދުން ބެލެހެއްޓުން.

* އެކި މުނާސަބަތުތަކަށް ހޯލާއި ކްލާސް ރޫމުތައް ކަނޑައަޅޭ ތާވަލާ އެއްގޮތަށް މަސައްކަތު މީހުން ލައްވައި ތައްޔާރު ކުރުން.

* ސްކޫލްގެ ބޯޑުގެ މަސައްކަތާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރެއްވުން.

* ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރެއްވުން.

* މުސާރަ ދިނުމުގެ މަސައްކަތް ބެލެހެއްޓުން.

* މުވައްޒަފުންގެ ޗުއްޓީގެ ކަންތައް މަސައްކަތަށް ދަތިނުވާނެހެން ރާވައި ބެލެހެއްޓުން

* މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުން

* އެގްޒާމްތަކަށް ގޮނޑި މޭޒު ފަދަ ތަކެތި އެތުރުމުގެ ކަންތައް ބެލެހެއްޓުން

ވަޒީފާއަށް  އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • ޕްރެޒެންޓޭޝަން ހުށަހެޅުން

އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 4 އޮކްޓޫބަރު 2016 އާއި 6 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މި ސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ.)
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް އެއޮފީހަކުން ތައްގަނޑުޖަހާފައިވާ)
  6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއްް އަދި އުޅެފައިވާ މަޤާމު، ރޭންކް މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:  

މި މަޤާމަށް ކުރިލަތިލައްވަން އެދިވަޑަގަންނަވާ ބޭފުޅުން، މަތީގައިއެވާ ލިޔުންތައް 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:30ގެ ކުރިން މި ސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލު ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 3321330 އާ ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2016
ހޯދާ