މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑެ ޑެންޓަލް ކައުންސިލްގެ ލައިސެންސް އައުކުރުން

އިޢުލާން

މޯލްޑިވްސް މެޑިކަލް އެންޑެ ޑެންޓަލް ކައުންސިލްގެ ލައިސެންސް އައުކުރުން

2013 ޑިސެންބަރު 31 ވަނަ ދުވަހުގެ ފަހުން މި ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ދިވެހި މެޑިކަލް އޮފިސަރުންނާއި، ބިދޭސީ މެޑިކަލް އޮފިސަރުންނަށް ދެމުން ގެންދާ ލައިސެންސިންގ އިމްތިޙާނާ ބެހޭގޮތުން ދަންނަވަމެވެ. އެކިއެކި ސަބަބުތަކާ ހުރެ މި އިމްތިޙާން މިހާތަަނަށް ފުރިހަމަކޮށްފައިނުވާ ފަރާތްތަކުން 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން އިމްތިޙާން ފުރިހަމަކޮށް ލައިސަންސް އައުކުރުމަށް އަންގަމެވެ.

މިއީ ލައިސެންސް އައުކުރުމަށް އެފަރާތްތަކަށް ދެވޭނެ އެންމެ ފަހު ފުރުޞަތުކަމާއި، ލައިސަންސް ނެތި އެއްވެސް ޑޮކްޓަރަކު އަދި ޑެންޓިސްޓަކު ފަންނީގޮތުން ރާއްޖޭގައި މަސައްކަތްކުރުމަކީ މަނާކަމެއް ކަމުގައިވެސް ހަނދާންކޮށްދީ އެކަން އަންގަމެވެ. އަދި ލައިސަންސްގެ މުއްދަތު އައުނުކޮށް، މަސައްކަތްކުރާ ފަރާތްތައް "ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު" ގެ 93 ވަނަ މާއްދާގެ ދަށުން -/50،000 (ފަންސާސް ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ވާހަކަވެސް އަންގައި އާންމުކޮށް އިޢުލާން ކުރީމެވެ.

ލައިސެންސިންގ އިމްތިޙާނާއި، ލައިސަންސް އައުކުރުމާ ބެހޭ ކަންކަމުގައިި މި ކައުންސިލުގެ ނަންބަރު 3014337 ފޯނަށް ގުޅުއްވައި އިތުރަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށްވެސް ދެންނެވީމެވެ.

18 ސެޕްޓެންބަރު 2016
ހޯދާ