ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިންފާރު ރޭނުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

މި ކޯޓުގެ ނަންބަރު 06/2016/N2C (21 ޖުލައި 2016) އިޢުލާނުގައިވާ، އިންފާރު ރޭނުމުގެ މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަކަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 14:00 އަށް މި ކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ