މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލ. ކައްދޫގައި ތިއްބަވާ ސިފައިންނަށާއި އާންމު މުވައްޒަފުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓިގެ އެދިލެއްވުމުގެ މަތިން، ލ. ކައްދޫގައި ތިއްބަވާ ސިފައިންނަށާއި އާންމު މުވައްޒަފުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2016 ސެޕްޓެންބަރު 19 އިން 2016 އޮކްޓޫބަރު 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ނަން ނޯޓުކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓާބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައި ދެވިފައިވާ އީމެއިލް އެޑްރެހަށެވެ. ބިޑު ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 11ވާ އަންގާރަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން  ހުންނާނެއެވެ.

5. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމުކުރަން ޖެހޭނީ ލ. ކައްދޫގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާ ހުރެ އެގްރިމަންޓް ބާޠިލުކުރެވިއްޖެނަމަ، އެ އެގްރިމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބަޔަށް މާކުހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު މި ޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349106       3349191

ފެކްސް : 3320706       3324432

އީމެއިލް : [email protected]

ކޮޕީ  : [email protected]

18 ސެޕްޓެންބަރު 2016
ހޯދާ