ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

:މަޤާމުގެ ނަން

އޮފީސް އެސިސްޓެންޓް

:ބޭނުންވާ އަދަދު

1

:ރޭންކު

އެސް. އެސް. 2

:ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

:މުސާރަ

މަހަކު -/3470 ރުފިޔާ

:ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަން ޖެހޭ ސެކްޝަން:

އިދާރީ ހިންގުމާއި ފައިސާ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

ޝަރުޠު:

- ޤައުމީ އޮނިގަނޑުތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެއްގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހުން ބަހަންޖެހޭ ތަކެތި ބެހުމާއި އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  2. އޮފީހުގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް މަގުފަހިކޮށްދިނުން.
  3. އޮފީސް ހުޅުވައި ލެއްޕުމަށްޓަކައި ތަޅުދަނޑި ގެނެސް ގެންދިއުން.
  4. އޮފީހުން ބާއްވާ ޖަލްސާތަކާއި ޙަފުލާތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  5. އޮފީހަށް ގަންނަންޖެހޭ ތަކެތި އޮފީހަށް ގެންނަންޖެހޭ ޙާލަތްތަކުގައި ގެނެސްދިނުން.
  6. އޮފީހުގެ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ހުނަރާއެކު ތަޖުރިބާ ލިބިފައިވުން.
  2. އޮފީހުންކުރާ މަސައްކަތްތަކުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  4. ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  5. މީހުންނާ މުޢާމަލާކުރުމުގައި އިޙުތިރާމާއެކު މުޢާމަލާތުކުރުން.

ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް. (މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭގޮތަށް)

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު

4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ފޯމު ހުށަހަޅަންވީ ސުންގަޑި:

2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 1:30

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ.ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އެކެޑަމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345299 ނުވަތަ 3345298 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ.  

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ