މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮމޯޝަނަލް މެޓީރިއަލްސް ހެދުން

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި އެކިފަރާތްތަކަށް ފޮނުވާ ޕްރޮމޯޝަނަލް މެޓީރިއަލްތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޤުސަދުގައި "ޕްރޮމޯޝަނަލް އައިޓަމް ޑިޒައިން ކޮމްޕެޓިޝަން 2017" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރަތަކީ ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓު (http://www.visitmaldives.com/en/news/promotional-item-design-competition-2017) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް މަތީގައި ދަންނަވާފައިވާ ލިންކުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު 2016 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 15/00 ގެ ކުރިން މި ކޯޕަރޭޝަނަށް ޑިޒައިންތައް ފޮނުއްވުން އެދެމެވެ.    

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ