މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އޭން އެންވަޔަރަންމަންޓް ކުލަބް ގައިޑްލައިން ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީން ނެރުމަށް ހަމަޖެހިފައިވާ "އޭން އެންވަޔަރަންމަންޓް ކުލަބް ގައިޑްލައިން" ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ސްކޫލް ދަރިވަރުންނަށް އަމާޒުކުރެވިގެން ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކުލަބުތައް ހިންގުމުގެ ގައިޑްލައިން ފޮތް "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން" ޗާޕުކޮށްދޭނޭ ފަރާތެއް ހޯދުމަށް 2016 ސެޕްޓެންބަރު 22 ވަނަ ދުވަހު ކުރެވުނު (IUL)438-ECAS/438/2016/202 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މަތީގައި ދެންނެވުނު ފަދައިން ސްކޫލް ދަރިވަރުންނަށް އަމާޒުކުރެވިގެން ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކުލަބުތައް ހިންގުމުގެ ގައިޑްލައިން ފޮތް "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން" ޗާޕު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި ފޮތް ޕްރިންޓް ކުރެވެންވީ ގޮތާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރީ ބިޑް ބައްދަލުވުން

މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 18 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި މި ދެންނެވި ތާރީޚުގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • ފޮތް ޗާޕުކޮށް އަދި ބައިންޑް ކުރެވޭނެ އަގު
  • ސާމްޕަލް ބުކްލެޓް ނުވަތަ ގަނޑު (ޗާޕުގެ ކޮލިޓީ ބެލުން)
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:   78 33 301 (960)+  ނުވަތަ 300 8 301 (960) +

ފެކްސް:   301 8 301 (960)+

އީމެއިލް: [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

 

08 ސެޕްޓެންބަރު 2016
ހޯދާ