މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު ބަދަލުވުން

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު:(IUL)10-D/2016/67 (6 ސެޕްޓެންބަރު 2016) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

އިންތިޚާބާ ގުޅޭ ކޮމިޓީގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި، ކުރިން 2016 އޮކްޓޫބަރު 8 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ އިންތިޚާބު 2016 އޮކްޓޫބަރު 1 ވަނަ ދުވަހުގެރޭ 8:30 އަށް އަވަސް ކޮށްފިމެވެ.

އަދި ދަންނަވަމެވެ. އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ބަދަލު ގެނެވުނު ކަމުގައިވިޔަސް އިންތިޚާބަށް ކުރިމަތި ލުމަށް އެދި ފޯމު ހުށަހެޅުމާއި، އިންތިޚާބާ ގުޅިފައިވާ އެހެނިހެން ތާރީޚުތަކަށް ބަދަލެއް ނާންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

6 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ