މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާރބަލް ސާފުކުރާ 2 މެޝިން ހޯދަން ބޭނުންވެއްޖެ

އިޢުލާން

އިސްލާމީ މަރުކަޒުގެ މާބްލް ސާފުކުރަން މިހާރު ބޭނުންކުރާ 2 މެޝިންގެ އިތުރަށް އިތުރު 2 މެޝިން ހޯދުމާއި މި މެޝިންތަކަށް ބޭނުންވާ ކެމިކަލާއި ކޮމްޕޯނަންޓް ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ހޯއްދަވައިދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވާ އާދީއްތަ ދުވަހުގެ 9:30 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 9:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.

7 ޛުލްޙިއްޖާ 1437

08 ސެޕްޓެންބަރު 2016
ހޯދާ