މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބިޒްނަސް އަދި ސްޕެޝަލް ވީޒާގައި ބިދޭސީން ގެނައުމާ ގުޅޭ

އިޢުލާން

މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފަރާތްތަކުން ބިޒްނަސް އަދި ސްޕެޝަލް ވީޒާގައި ބިދޭސީން ގެންނަން ހުށަހަޅާއިރު އެކަށީގެންވާ މުއްދަތު ނެތި ހުށަހެޅުމުގެ ސަބަބުން، ވީޒާ ނުލިބެނީސް އެ ބިދޭސީން ރާއްޖެއައުމުން ރާއްޖެއަށް އެތެރެނުކޮށް އެ ބިދޭސީންގެ ޤައުމަށް އަނބުރާ ފޮނުވާލަންޖެހެއެވެ.

ބިޒްނަސް ވީޒާ ނުވަތަ ސްޕެޝަލް ވީޒާގައި ބިދޭސީއަކު ރާއްޖެ ގެނައުމަށް ބޭނުންވާނަމަ، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަސް ކުރިން އެޕްލިކޭޝަން ފޯމު މި މުއައްސަސާއަށް ހުށަހަޅާ ހުއްދަ ހޯދަންޖެހޭނެއެވެ. އަދި، އެ ބިދޭސިއަކީ ބިޒްނަސް ވީޒާ ނުވަތަ ސްޕެޝަލް ވީޒާގެ ސެކިއުރިޓީ ސްކްރީނިންގ ފޯމު ފުރިހަމަކުރަން ޖެހޭކަމަށް މި މުއައްސަސާއިން ކަނޑައަޅާފައިވާ ކަމަކަށް ގެންނަ ބިދޭސީއެއްނަމަ، އެ ފަރާތުގެ އެޕްލިކޭޝަން ފޯމު އެ ބިދޭސީއަކު ރާއްޖެއައުމަށް ހަމަޖެހިފައިވާ ތާރީޚުގެ 21 (އެކާވީސް) ދުވަސް ކުރިން ހުށަހަޅާ ހުއްދަ ހޯދަންޖެހޭނެއެވެ.

އަދި މި މުއައްސަސާއިން ދޫކުރާ ވީޒާތަކާގުޅޭ މަޢުލޫމާތު މި މުއައްސަސާގެ ވެބްސައިޓް http://www.immigration.gov.mv  އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

5 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016
ހޯދާ