ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާގެ ފުރުޞަތު

މަޤާމު: ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ އާއި އެލަވަންސް

މަހަކު -/5400ރ

މަޤާމުގެ ރޭންކް

SS3

ބޭނުންވާ އަދަދު

02

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ / އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުތު:

ޖްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 2 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޢިމާރާތް ފޮޅައި ސާފުކޮށް ގޯތިތެރެ ކުނިކަހައި ފާޚާނާތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  2. ޢިމާރާތްތަކުގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  3. އެކި ބޭނުންތަކަށް ގެނެވޭތަކެތި އެ އެއްޗެއް ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުން.
  4. މީޑިއާ ސެންޓަރުން އެކި ތަންނަތަނަށް ގެންދަންޖެހޭ ލިޔުންތައް ހަވާލުކުރުން

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، މީޑިއާ ސެންޓަރު ހުންނަ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަދި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް އިސްކަންދޭނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓުކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

07 ސެޕްޓެންބަރު 2016
ހޯދާ