ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް 2016 ފެށޭ ތާރީޚު ބަދަލުވުން

އިޢުލާން

އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް 2016 ފެށޭ ތާރީޚު ބަދަލުވުން:

މި އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން 19 ސެޕްޓެންބަރު 2016 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް 2016" މޫސުން ތަންނުދިނުމުގެ ސަބަބުން ގިނަ ފަރާތްތަކަށް އެކަށީގެންވާ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވުމުން، މި މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 11 ވާ ބުރާސްފަތިދުވަހު ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މުބާރާތް ފެށޭ ތާރީޚަށް ބަދަލުއައުމާ ގުޅިގެން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އޮފީސް / ކުންފުނިތަކުން ބައިވެރިވާން އެދޭކަމުގެ ލިޔުން ފޯކަލް ޕޮއިންޓުގެ މަޢުލޫމާތު ހިމެނޭގޮތަަށް 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ނަންބަރު 9792300 ފޯނަށް ގުޅުއްވުން އެދެމެވެ.

04 ސެޕްޓެންބަރު 2016
ހޯދާ