މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 10:00 އަށް މިކޯޓަށް ނުވަތަ މ.މުލަކު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 22 ސެޕްޓެންބަރު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 10:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: މ.މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ.މުލަކު މެޖިސްޓްރޭޓް ކޯޓު

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016
ހޯދާ