ދިވެހިރާއްޖެ
ސަރވާރ ރޫމްގެ ކަރަންޓު މައްސަލަ ޙައްލުކުރުން
އިޢުލާނު
މި ކޮމިޝަނު އިދާރާގެ ސާވަރ ރޫމްގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަންބަރު: 64(A)AB-2016/(23 ޖޫން 2016) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ ޚިދުމަތް މި ކޮމިޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
20 ސެޕްޓެންބަރު 2016 |
އަންގާރަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
25 ސެޕްޓެންބަރު 2016 |
އާދީއްތަ |
11:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
06 ޛުލްޙިއްޖާ 1437