ދިވެހިރާއްޖެ
ޓޯކަން ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
އިޢުލާނު
މި ކޮމިޝަނުގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޓޯކަން ސިސްޓަމެއް ގަންނަން ބޭނުންވެއެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
21 ސެޕްޓެންބަރު 2016 |
ބުދަ |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
28 ސެޕްޓެންބަރު 2016 |
ބުދަ |
14:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
06 ޛުލްޙިއްޖާ 1437